ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)412/412/2023/30
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 21 ނޮވެންބަރު 2023 23:59
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ޑަމްޕް ލޮރީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 21 ނޮވެންބަރު 2023 13:58 ގައި ބާތިލް ކުރެވިފައެވެ.


  1.  ކައުންސިލް އިދާރާއަށް ޑަމްޕް ލޮރީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 2023 ނޮވެމްބަރ 16 އިން 2023 ނޮވެމްބަރ 21ގެ 23:59 ގެ ނިޔަލަށް i[email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2023 ނޮވެމްބަރ 22 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2023 ނޮވެމްބަރ 22 ވަނަ ދުވަހުގެ 13:00 ގައި އޮންލައިކޮށްށެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2023 ނޮވެމްބަރ 28 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި، ސަޕްލައި ކުރަންޖެހޭ ލޮރީގެ ސްޕެސިފިކޭޝަން މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6821045/9662499
  • އީމެއިލް: [email protected]
15 ނޮވެންބަރު 2023