ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 343-AS/2015/26
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 18 މާރިޗު 2015 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަތުމަށް

ކަލެކްޓިންގ ޕޮއިންޓް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް:

އއ.ބޮޑުފޮޅުދޫ ކައުންސިލްގައި ކަލެކްޓިންގ ޕޮއިންޓެއް ހެދުމަށްޓަކައި ބޭނުންވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015