ދިވެހިރާއްޖެ
ނަންބަރ: (IUL)419-CAA/419/2023/116
އިޢުލާން
ސްކޮލަރޝިޕް ފުރުޞަތާއި ގުޅޭ
މިއާންޒް އިންޓަރނޭޝަނަލް ކޮލެޖްގެ "ޤައުމަށްޓަކައި" ސީއެސްއާރް ކެމްޕެއިންގެ ދަށުން ގައްދޫ ކައުންސިލަށް ވަނީ 3 ސްކޯލަރޝިޕެއްގެ ޖާގަ ލިބިފައެވެ. މި ސްކޯލަރޝިޕްގެ ދަށުން މިވަގުތު ޑިގްރީއަށް ޝަރުތު ފުރިޙަމަނުވާ ދަރިވަރުނަށް އެއްވެސް ކޯސްފީއަކާއި ނުލާ ރަށުގައި ހުރެގެން އޮންލައިންކޮށް ފައުންޑޭޝަން ޕްރޮގްރާމެއް ފުރިޙަމަކުރުމަށްފަހު، ފްރީ ޑިގްރީ ސްކީމްގެ ދަށުން އިތުރު ކޯސްފީއަކާއި ނުލާ ބެޗްލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ކައުންސިލަށް ލިބިފައިވާ 3 ޖާގަ ރަށުގެ ޢާންމު ރައްޔިތުންގެ ތެރެއިން 3 ފަރާތަކަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ސްކޮލަރޝިޕް |
|||||
ކޯހުގެ ޢަދަދު، ލެވެލް އަދި ދާއިރާ |
1 ބެޗްލާސް އޮފް އެކައުންޓިންގ އެންޑް ފައިނޭންސް 1 ބެޗްލާސް އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް 1 ބެޗްލާސް އޮފް ގްރެފިކްސް އެންޑް މަލްޓިމީޑިއާ |
||||
އެކައުންޓިންގ އެންޑް ފިނޭންސް |
ހިއުމަން ރިސޯސް މެނޭޖްމަންޓް |
ގްރެފިކްސް އެންޑް މަލްޓިމީޑިއާ |
|||
ފުރަތަމަ މަރުޙަލާ |
ދެވަނަ މަރުޙަލާ |
ފުރަތަމަ މަރުޙަލާ |
ދެވަނަ މަރުޙަލާ |
ފުރަތަމަ މަރުޙަލާ |
|
އެޑްވާންސް ސެޓްފިކެޓް އިން ފައުންޑޭޝަން ސްޓަޑީސް ( 1 އަހަރު) |
ބެޗްލާސް (ސަރުކާރުގެ ހިލޭ ޑިގްރީ މެދުވެރިކޮށް) |
ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ( 4 މަސް) |
ބެޗްލާސް (ސަރުކާރުގެ ހިލޭ ޑިގްރީ މެދުވެރިކޮށް) |
ބެޗްލާސް (ސަރުކާރުގެ ހިލޭ ޑިގްރީ މެދުވެރިކޮށް) |
|
ޝަރުތުތައް |
|||||
ސާނަވީ އިމްތިޙާނުގެ 2 މާއްދާއިން ފާސްވުން ނުވަތަ ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ 18 އަހަރު ފުރިފައިވުމާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުމާއެކު ވަޒީފާގެ ދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
އެޑްވާންސް ސެޓްފިކެޓް އިން ފައުންޑޭޝަން ސްޓަޑީސް ނިންމުން
|
20 އަހަރު ފުރިފައިވުމާއެކު ލެވެލް 4 ގެ ސަނަދެއް އޮތުން ނުވަތަ 20 އަހަރު ފުރިފައިވުމާއި، ސާނަވީ ތަޢުލީމު ހާޞިލްކުރުމާއި ވަޒީފާގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްނިންމާ ކޮންމެ ދަރިވަރަކަށް މިދާއިރާއިން ޑިގްރީއަށް ކިޔެވޭނެ |
އޭލެވެލް މާއްދާތަކުން 3 ފާސް ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުން |
|
ހުށަހަޅަން ޖެހޭ ތަކެތި |
|
||||
އިތުރު މަޢުލޫމާތު |
ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަން ދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.
v އިޢުލާންކޮށްފައިވާ 3 ސްކޯލަރޝިޕްގައި ކިޔެވުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އެމްއައި ކޮލެޖުންނެވެ. އަދި އެޑްމިޝަން ފީ ހަމަޖައްސާނީ ގައްދޫ ކައުންސިލުންނެވެ. v މި ސްކޯލަރޝިޕްގެ ފުރުޞަތު ލިބޭ ކެންޑިޑޭޓުން، ކިޔަވައި ނިމިގެން ކައުންސިލުގައި މަސައްކަތްކުރުމަށް ޝަރުތުކުރެވި ކެންޑިޑޭޓުންނާއި ކައުންސިލާއި ދެމެދު ބޮންޑެއް އެކުލަވާލެވޭނެއެވެ. މިގޮތަށް ޝަރުތުކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ ޤަވައިދު 2014 ގެ 25 ވަނަ މާއްދާގެ ދަށުންނެވެ.
|
||||
ސުންގަޑި |
23 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން |
||||
އެޕްލިކޭޝަން ހުށަޅުއްވާނީ |
|||||
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7573884 / 9120126 އަށް ގުޅުއްވުން އެދެމެވެ. ސްކޯލަރޝިޕް އެޕްލިކޭޝަން ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |
|||||
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
14 ނޮވެމްބަރު 2023
ޚާދިމަތުކުމް
ފާޠިމަތު ރުކްޝާނާ
ސެކްރެޓަރީ ޖެނަރަލް