ވަޒީފާގެ ފުރުޞަތު
ނަންބަރު: GS61 /IUL/2015/01
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 16 މާރިޗު 2015 15:00
މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:


މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް

މަރަދޫފޭދޫ ސްކޫލް

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

ސްކޫލްތެރެ ސާފުކުރުމާއި، އެކިއެކި ކަންކަމަށް ގޮނޑިފަދަ ތަކެތި ޖަހަން ޖެހިއްޖެނަމަ ގޮނޑިޖެހުމާއި، ފާޚާނާއާއި ކުލާސް ރޫމްފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން.

ކުލެސިފިކޭޝަނާއި ރޭންކް

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް 1

މުސާރަ

-/3100 ރުފިޔާ  (މަހަކު )

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު )

އަސާސީ ޝަރުޠު

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.  

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
  • ލިޔަންކިޔަން ދަންނަކަމުގައި ބަޔާންކޮށްފައިވާ ލިޔުން (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
  • ސަރުކާރުގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

އިންޓަވިއު:

*  މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން މަރަދޫފޭދޫ ސްކޫލުގައި އޮންނާނެއެވެ. އިންޓަވިއު ކުރިއަށްގެންދެވޭނީ، 2015 މާރިޗުމަހުގެ 18 އިން 19 ވަނަ ދުވަހާ ހަމައަށެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ސުންގަޑި: 

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  2015 މާރިޗު 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، މަތީގައިވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ، 6891531 ނަންބަރު ފޯނާއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، މަސައްކަތުގެ ތަޖުރިބާއާއި ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތަކަށެވެ.  


18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015