ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/115
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:57
ސުންގަޑި: 31 ޖަނަވަރީ 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2022 އިން ފެށިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ، ދި މެންގްރޫވް އައިލޭންޑް ޗެމްޕިއަންޝިޕް 2024 ވަނަ އަހަރުގެ އޭޕްރިލް 13 ގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. 2023 އަހަރާއި ޚިލާފަށް މިމުބާރާތުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކުގެ ޓީމްތަކަށްވެސް އަންނަ އަހަރު މުބާރާތުގައި ބައިވެރިވެވޭނެއެވެ. ވީމާ، ޓީމް ރަޖިސްޓްރީ ކުރުމަށް 31 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ޓީމް ރަޖިސްޓަރ ކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ލިންކް: ރަޖިސްޓްރޭޝަން ލިންކް

މި މުބާރާތުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، ޤަވާއިދު އާންމު ކުރެވިގެންދާނެއެވެ.

ދި މެންގްރޫވް އައިލޭންޑް ޗެމްޕިއަންޝިޕް 2024 ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލް ސްޕޯޓްސް މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް ރަސްމީ ގަޑީގައި 6560013 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.   

14  ނޮވެންބަރު  2023

30 ރަބީޢުލްއާޚިރު 1445

14 ނޮވެންބަރު 2023