ދިވެހިރާއްޖެ
ބައެއްފަރާތް ތަކަށް ދިރިއުޅުމަށް ދޫކޮށްފައިފައިވާ ގޯތިތަކުގެ ތެރެއިން މީހުން ދިރި ނޫޅޭ " ފަޅުގޯތިތަކާއި އެގޯތިތައް ހިމެނޭ މަގުފަޅި " ސާފްނުކުރާކަން ވަރަށްބޮޑަށް ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން އެފަދަ ގޯތިތަކުގެ އަވައްޓެރިންނާއި، އާއްމު ރައްޔިތުންނަށް އުދަނގޫތައް ކުރިމަތިވަމުންދާކަމުގެ ގިނަޝަކްވާތައް މިއިދާރާއަށް ލިބެމުން ދެއެވެ.
ވީމާ މި އިދާރާއިން ގެޒެޓްކޮށް އާއްމުކޮށްފައިވާ " މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދު ނަންބަރ: 2013/R-2041 ގެ 3 ވަނަ މާއްދާ އާއި، 4 ވަނަ މާއްދާގެ ( ހ ) އާއި، އާއްމު އުދަގުލާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގެ ( ހ) ގައިވާ ގޮތައް އަދި ކުނި އުކުމާއި،ކުނިނައްތާލުމާއިބެހޭ ޤަވާއިދު ނަންބަރ: 2014/R-291 ގެ 9 ގެ ( ހ ) އާއި، ( ށ ) ގައި ބަޔާން ކޮށްފައިވާ ގޮތަށް "ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އެގޯތިތަކުގެ ވަށައިގެ " ގޯތި ހިމެނޭ މަގު މި އިޢުލާން ގެޒެޓް ކުރާތާ 7 ދުވަހުގެ ތެރޭ ސާފްކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިގޮތައް އަމަލުނުރާ ފަރާތްތަކާމެދު މި އިދާރާއިން ގެޒެޓްކޮށް އާއްމުކޮށްފައިވާ ޤަވާއިދު ނަންބަރ: 2013/R-2041 ގެ 6 ވަނަ ނަންބަރުގެ ( ހ ) އަދި ( ށ ) ގައި ވާގޮތައް ފިޔަވަޅު އަޅާނެ ކަމުގައިވެސް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.