ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305-ME305/305/2015/29
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 17 މާރިޗު 2015 13:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯފެން އަޅާ 5000 ލީޓަރުގެ ކަޅުހަމެއް ހޯދުން

ބޯފެން އަޅާ 5000 ލީޓަރުގެ ކަޅުހަމެއް ހޯދުން

ރ.މާކުރަތު ޕްރީސްކޫލުގައި ބެހެއްޓުމަށް ބޯފެން އަޅާ 5000 ލީޓަރުގެ ކަޅުހަމެއް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 1 ކަޅުހަން 5000 ލީޓަރުގެ

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 13:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބޯފެން އަޅާ 5000 ލީޓަރުގެ ކަޅުހަމެއް ހޯދައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް،

- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

- ގަޑި ޖެހުމަށްފަހު ހުށަހަޅަން ގެންނަ އަންދާސީހިސާބުތައް

- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތް:

1- އަގަށް  %80 (ހުށަހަޅާ އެންމެ ހެޔޮއަގު ÷ ހުށަހެޅި އަގު 80x )

2- މުއްދަތު % 15 (ހުށަހަޅާ އެންމެ ކުރު މުއްދަތު ÷ ހުށަހެޅި މުއްދަތު  15x )

3- ތަޖުރިބާ (ފަންނީ ޤާބިލުކަން) %5 (މިފަދަ މަސައްކަތެއް ކޮށްފައިވާ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015