ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)215-AS/1/2015/1
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 26 މާރިޗު 2015 14:00
ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ޕެރަލީގަލް އޮފިސަރ

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު:

ޕެރަލީގަލް އޮފިސަރ، ގްރޭޑް-2

ކްލެސިފިކޭޝަން:

އޮފިސަރ، ގްރޭޑް-2

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/5,300 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

އެކު ޖުމްލަ:

-/11,685 ރުފިޔާ

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • އެޑްމިން/އެޗް.އާރ މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން، ނުވަތަ
  • އޭލެވެލްގެ 3 މާއްދާއިން، އިނގިރޭސިއާ ދިވެއްސާއެކު ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އޯލެވެލްގެ 5 މާއްދާއިން އިނގިރޭސިއާ ދިވެއްސާއެކު ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ މަޝްވަރާ ބައްދަލުވުމުގެ ޔައުމިއްޔާ ޓައިޕްކޮށް ބިއުރޯއާއި ހަވާލުކުރުން.
  • ކޮމިޝަން ބައްދަލުވުންތަކުގެ ޔައުމިއްޔާ ޓައިޕްކޮށް ބިއުރޯއާ ހަވާލުކުރުން.
  • ތަޙުޤީޤު ބަޔާންތައް ޓައިޕްކުރުން.
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަޙުޤީޤާ ގުޅޭ ގޮތުން ލިޔަންޖެހޭ ރިޕޯޓުތައް ޓައިޕްކުރުން.
  • ޔައުމިއްޔާތަކުގެ ފައިލިންގް ސިސްޓަމް ބެލެހެއްޓުން.
  • ކޮމިޝަނުން ކުރާ ތަޙުޤީޤުތަކާ ގުޅޭގޮތުން ފޮނުވަންޖެހޭ ސިޓީ ޓައިޕްކޮށް ފޮނުވުން.
  • މައްސަލަތަކަށް ހާޒިރުކުރެވޭ މީހުންގެ ބަޔާން ނަގާއިރު ހެއްކެއްގެ ގޮތުގައި އިނުން.
  • މިނޫނަސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރުމަށް އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ފޯމުގައި ބުނެފައިވާ ލިޔުންތައް. (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

ނޯޓު: އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މި ކޮމިޝަނުގެ ކައުންޓަރަށެވެ.

އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމުގައި ނުވަތަ ސީ.ވީ ގައި އީމެއިލް އެޑްރެސް ޖަހަން ވާނެއެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.

ސުންގަޑި:

2015 މާރިޗު 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން،

ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3301320 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015