ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2023/83
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި:
28 ނޮވެންބަރު 2023 00:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދޫކުރެވިފައިވާ ދަނޑުބިންތަކާއި ބެހޭ ގޮތުން
އެނގިވަޑައިގަންނަވާނެ ފަދައިން ދަނޑުބިން ދޫކޮށްފައިވަނީ ދަނޑުގައި މަސައްކަތްކޮށް ތަކެތި އުފައްދައިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ރައްޔިތުންނަށް އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައެވެ.
އެހެންނަމަވެސް މިކައުންސިލުން ދޫކޮށްފައިވާ ދަނޑުތަކުގެތެރެއިން، ދަނޑުހައްދާ، ބަލަހައްޓަމުން ދަނީ ވަރަށް މަދު ޢަދަދެއްގެ ދަނޑުތަކުގައެވެ. ގިނަ ދަނޑުތައްހުރީ ވާވެ، ވިނަހެދިފައެވެ. މިހެން މިކަން އޮތުމުގެ ސަބަބުން މި ކައުންސިލުން ދަނޑުބިން ދޫކުރި މަޤުޞަދު ޙާޞިލެއް ނުވެއެވެ.
ވީމާ، ދަނޑާއި، ދަނޑާގުޅިފައިވާ މަގުފަޅިތައް މިއަދުންފެށިގެން 15 ދުވަހުގެ ތެރޭގައި ސާފުކޮށް، ދާއިމީ ގޮތެއްގާ ދަނޑުވެރިކަން ކުރުމަށް އަންގަމެވެ.
14 ނޮވެންބަރު 2023