ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305-ME305/305/2015/28
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 16 މާރިޗު 2015 13:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ.ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުން

އައި.ޑީ.ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުން

އައި.ޑީ.ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/25)ފ(01 މާރިޗު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިއިދާރާއިން އައި.ޑީ.ކާޑު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމަށް (ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް) ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

#

ބޭނުންވާ އަދަދު

ތަކެތީގެ ބާވަތް

1

1

ސްކޭނަރ

2

1

ފިންގަރ ޕްރިންޓް ކެޕްޗަރ ޑިވައިސް

3

1

ސިގްނޭޗަރ ޕޭޑް

4

1

ޑިޖިޓަލް ކެމެރާ

5

1

ކެމެރާ ފްލޭޝް

6

1

ކެމެރާ ސްޓޭންޑް

ވީމާ، މިތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހޯދައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2015ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 1:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވުފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އައި.ޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދައި ދިނުމަށް އެދި" މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް

- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް

- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް

1- އަގަށް %90

  (ހުށަހަޅާ އެންމެ ހެޔޮއަގު ÷ ހުށަހެޅި އަގު 90x )

2- މުއްދަތަށް % 5

  (ހުށަހަޅާ އެންމެ ކުރު މުއްދަތު ÷ ހުށަހެޅި މުއްދަތު 5x)

3- ތަޖުރިބާ (ފަންނީ ޤާބިލުކަން)  %5

  (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015