ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)387/387/2023/38
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:59
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަނެތި ގަވާއިދާ ޚިލާފަށް ބިން ބޭނުންކުރުމާބެހޭ

އިޢުލާން

 

ހުއްދަނެތި ގަވާއިދާ ޚިލާފަށް ބިން ބޭނުންކުރުމާބެހޭ

              ބަނދަރުގެ އުތުރުން ޣާޒީމަގުގެ އިރުންވާ ބިން ސިނާއީ މަސައްކަތައް ދޫކުރުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 14 ވަނަ އާންމު ޖަލްސާއިންވަނީ ނިންމާފައެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭން ނިމިފައި ނުވުމުގެ ސަބަބުން ބިންދޫކުރުމަށް ކަމާބެހޭ އިދާރާތަކުން ހުއްދަ ލިބިފައި ނުވުމުގެ ސަބަބުން ސިނާއީ މަސައްކަތައް ބިން ދޫނުކުރެވި ވީނަމަވެސް ލޭންޑް ޔޫސް ޕްލޭން ނިމުމާއެކު މިސަރަހައްދު ސިނާއީ މަސައްކަތާއި ގުދަންކުރުމުގެ މަސައްކަތައް ދުކުރެވޭނެއެވެ.

              ކައުންސިލްގެ ހުއްދަނެތި މިބިމުގައާއި ކަނޑޫދޫގެ އެހެން އެއްވެސް ބިމެއްގައި އެއްވެސްބާވަތެއްގެ މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ. ހުއްދަނެތި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިންތައް ހުސްނުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ އިތުރުފިޔަވަޅުތައް އަޅަމުން ގެންދެވޭނެއެވެ. އަދިހުއްދަނެތި މަސައްކަތްކުރާ ބިންތައް ނަގަން ޖެހޭ ހާލަތުގައި އެފަދަފަރާތްތަކަށް މިކަމުގެސަބަބުން ލިބިދާނެ މާލީ އަދި އެނޫންވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާނުވާނެ ކަމުގައިވެސް އަންގަމެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              29 ރަބީއުލް އާޚިރާ 1445

              13 ނޮވެމްބަރ 2023

13 ނޮވެންބަރު 2023