މަސައްކަތް
ނަންބަރު: (IUL)328-ED/328/2023/89
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 21:36
ސުންގަޑި: 30 ނޮވެންބަރު 2023 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަލަށްއިތުރުކުރާބައިގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަލަށްއިތުރުކުރާބައިގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު               

ނަމްބަރު: (IUL)328-ED/328/2023/85 (31 އޮކްޓޯބަރ 2023) އިޢުލަނާއިގުޅިގެން އެއްވެސްފަރާތަކުން ޝައުޤުވެރިވެލަށްވާފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         

    މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2023ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ނުވަތަ، އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ބިޑްރަޖިސްޓަރ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

1-  އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ

3-  ގުޅޭނެ ފޯނު ނަންބަރު

4-  އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު (އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް) މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

       އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 30 ނޮވެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ. ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

       މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

13 ނޮވެންބަރު 2023