ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2023/70
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 20 ނޮވެންބަރު 2023 13:15
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ކައުންސިލް އިދާރާގެ ވެއްޓިފައިއޮތް އިންފާރު ނަގައި ސާފުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         މިއިދާރާގެ ނަމްބަރު: (IUL)255/255/2023/60 (2023/10/12) އިޢުލާނާއި ގުޅިގެން މަސައްކަތް ލިބުނު ފަރާތުން މަސައްކަތާއި ޙަވާލުނުވުމުން އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

 މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލްގެ އުތުރުފަރާތުން ވެއްޓިފައިވާ އިންފާރު ނަގައި އިރުމަތީ އިންފާރުން 27 ފޫޓް އަދި ހުޅަގު އިންފާރުން 27 ފޫޓް ތަޅައި އަތަކެތި  ނަގައި ސާފުކޮށް ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

 

 

     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު އުތީމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

13 ނޮވެންބަރު 2023