ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)13-P/13/2023/327
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:16
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާ އިން މަތީގެ ބީލަންތައް ބީލަން ޕޯޓަލް މެދުވެރިކޮށް ބަލައިގަތުމާގުޅޭ

މި މިނިސްޓްރީގެ ނަންބަރު 13-P/CIR/2023/24 (13 ނޮވެންބަރު 2023) ސާރކިއުލަރ އިން ދައުލަތުގެ އާންމު ބަޖެޓުން އިޢުލާންކުރާ 5 މިލިއަން ރުފިޔާ އިން މަތީގެ ހުރިހާ ޕްރޮކިއުމަންޓް ތަކެއް ބީލަން ޕޯޓަލް މެދުވެރިކޮށް ބަލައިގަތުމަށްވަނީ ނިންމާފައެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަންތަކުގައި ބައިވެރިވާނެ ގޮތުގެ މެނުއަލް ޕޯޓަލް އިން ލިބެން ހުންނާނެއެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ކޯލް ސެންޓަރު، 1617 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ދަންނަވަމެވެ.

13 ނޮވެންބަރު 2023