ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304/304/2023/156
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 21 ނޮވެންބަރު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރުގެ ބައެއް މަގުތައް މަރާމާތުކުރުމާ ގުޅޭ

ދުވާފަރުގެ ބައެއް މަގުތައް މަރާމާތުކުރުމާ ގުޅޭ ގޮތުން ކުރެވުނު ނަންބަރު (IUL)304-CA/304/2023/142 ޢިއުލާންއާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ޢާންމުކޮށް ޢިއުލާން ކުރީމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

13 ނޮވެންބަރު 2023