ދިވެހިރާއްޖެ
ނަންބަރ: (IUL)GAAH/N/2023/02
އިއުލާން
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ:
މި ހޮސްޕިޓަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)GAAH/N/2023/01 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާންކުރީމެވެ.
މި ހޮސްޕިޓަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހުގެ ނީލަމެއް ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 21 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އަށް ގއ.އަތޮޅު ހޮސްޕިޓަލް އިމާރާތުގެ ގޯތިތެރެއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތް ތަކުން 24 ގަޑިއިރުތެރޭގައި މި އޮފީހަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އެޓޭޗްޑް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިހޮސްޕިޓަލުގެ ނަންބަރ: 6821085 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
13 ނޮވެމްބަރ 2023