ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)245-ESD/245/2023/100
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 22 ނޮވެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުގަހުގެ ވެރިފަރާތް ހޯދުން

                                                 `

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

(IUL)245-ESD/245/2023/100: ނަންބަރު                                                          

 

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ

 

          މި ރަށު ބިރިކިސިންޑާމަގު ރަށުގެ އިރުމަތީ ފަރާތަށް ހަދަންބޭނުންވާތީ އެމަގަށް އަރާފަހުރި އަމިއްލަ ފަރާތްތަކުގެ ބައެއް ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

        ވީމާ، މި ދެންނެވި ސަރަހައްދުގައި އެއްވެސް ފަރާތަކުން އިންދާފައިވާ އެފަރާތެއްގެ އަމިއްލަ ރުއްގަސް ހުރިނަމަ، ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭގޮތަށް 2023 ނޮވެމްބަރ 22 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މިބިމުގައި ހުރި ނަގަންޖެހޭ ރުއްގަހުގައި މި އިދާރާއިން ވާނީ 1 އިން 50 އަށް ނޫ ކުލައިން ނަންބަރު ޖަހާފައެވެ.

  މި އިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެ ވާހަކަ މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

‏29‏ ރަބީޢުލްއާޚިރު‏ 1445

‏13‏ ނޮވެމްބަރ‏ 2023

13 ނޮވެންބަރު 2023