ދިވެހިރާއްޖެ
ނަންބަރު: (IUL)345-ED/345/2023/68
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު: |
ކޭބަލް ޓީވީ އަދި އިންޓަނެޓްގެ ޙިދުމަތް ދިނުން
މިކައުންސިލާ ގުޅިގެން މިރަށުގައި ކޭބަލް ޓީވީ އަދި އިންޓަނެޓްގެ ޙިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
- މި މަސައްކަތައް ޕްރޮޕޯސަލް ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- ޕްރޮޕޯސަލް ތައްޔާރުކުރައްވާނީ އއ. މާޅޮހު ކައުންސިލުން ދޭ މަޢުލޫމާތުގެ މައްޗަށެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ރަޖިސްޓްރީ ކުރުން
ޕްރޮޕޯސަލް ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 20 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ރަޖިސްޓްރީކުރާ ފޯމް ފުރިހަމަކޮށް، ހުށަހެޅުމަށްފަހު ރަޖިސްޓަރީވިކަމުގެ ލިޔުން ހޯދަންވާނެއެވެ. ފޯމް [email protected] އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ކަރުދާސް (ސޮފްޓް ކޮޕީ) ރަޖިސްޓްރީކުރާ ފަރާތުގެ އީމެއިލް އެޑްރެހަށް ފޮނުވައިދެވޭނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުންމަށް ބާއްވާ ބައްދަލުވުން 21 ނޮވެމްބަރ 2023 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް މީޓިން ލިންކް ހިއްސާކުރެވޭނެއެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ މިއަދުން ފެށިގެން 03 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. [email protected]
ޕްރޮޕޯސަލް ހުށަހެޅުން
ޕްރޮޕޯސަލް ހުށަހަޅާނީ 03 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށެވެ. ނުވަތަ [email protected] އަށެވެ.
ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ކަނޑައަޅާނީ ކައުންސިލުން އެކުލަވާލާ ކޮމެޓީއަކުންނެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.