މަސައްކަތް
ނަންބަރު: GS52/IUL/2015/12
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 17 މާރިޗު 2015 10:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމު މަރާމާތުކުރުމަށް

ކްލާސްރޫމު މަރާމާތުކުރުމަށް އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ވަގުތީ ކްލާސްރޫމްތައް ހުރި އިމާރާތް، 03 ކްލާސްރޫމަށް ބައިކުރުމަށް ފާރު ރާނައި، ދޮރުސެޓް ބެހެއްޓުމަށް ބޭނުންވެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. މީގެ އިތުރުން މިމަސައްކަތާ ގުޅޭގޮތުން ކުރިން މި ސްކޫލުން އިޢުލާންކޮށްފައިވާ، މި ސްކޫލުގެ ނަންބަރު GS52/IUL/2015/08 އިޢުލާން ބާޠިލުކުރި ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސްކޫލުގެ ނަންބަރު 6800012 އާ ގުޅުއްވުމަށް ދަންނަވަމެވެ.

10 މާރިޗު 2015