ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/1/2023/19
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 24 ނޮވެންބަރު 2023 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލުން

މިކުންފުންޏަށް 1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، މިކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މަތީގައި ދެންނެވުނު ގޮތުގެ މަތީން ޚާއްސަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލަމެވެ. ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 24 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.

 

 

ޖާގަ ހަމަޖައްސައިދިނުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް (މި ފޯމް މިކުންފުނީގެ އޮފީހުގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިންނަވާނެއެވެ.  http://mhcl.mv/downloads.html 

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް

3-      މި އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސަރޓިފިކޭޝަން ފޯމް

12 ނޮވެންބަރު 2023