ބީލަން
ނަންބަރު: (IUL)372-A1/372/2023/44
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 21 ނޮވެންބަރު 2023 14:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑުކުރުން

އިޢުލާން

ފ.މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑުކުރުމާގުޅޭ:

ފ. މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL-372-A1/372/2023/40 (22 އޮކްޓޫބަރު 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެންބަރު 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް މެއިލް ކުރެވޭނެއެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ (ފަސްސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް މެއިލް ކުރެވޭނެއެވެ.

މި މަސައްކަތައް ކުރިން ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން މި އިޢުލާނާއި ގުޅިގެން ރަޖިސްޓްރީވާކަށް ނުޖެހޭނެއެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

2023 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ.

ބީލަން ހުޅުވާނީ 2023 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ.މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމާއިގުޅޭ / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ވިޔަފާރި  ރަޖިސްޓްރީގެ ޤާނޫނުގެ(ޤާނޫނު ނަންބަރ: 18/2014)  ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

‏                   28‏ ރަބީޢުލްއާޚިރު‏ 1445

                   ‏12‏ ނޮވެމްބަރ‏ 2023

12 ނޮވެންބަރު 2023