ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2015/9
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 26 މާރިޗު 2015 12:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ އެސް 4 (ޖެނެރަލް ސާރވިސް 2) / އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ /  އެޑްމިން، އެޗް.އާރަ ޔުނިޓް ، ކ. މާލެ

މަޤާމުގެ ނަންބަރު

253207

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/5020 ރ
  • ސަރވިސް އެލަވަންސް: -/1500ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިސާ ފިޔަވައި އޮފީހަށް ލިބޭ ތަކެތި ބަލައިގަތުމާއި އޮފީހުން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.
  • އޮފީހަށް އަންނަ ޓެލެފޯން ކޯލްތަކަށް ޖަވާބުދިނުން.
  • އޮފީހުން ފޮނުވޭ ލިޔެކިޔުންތަކާއި، އަންނަ ލިޔެކިޔުންތައް މާސްޓަރ ފައިލްގައި ފައިލްކޮށް ބެލެހެއްޓުން.
  • އޮފީހަށް ލިބޭ ލިޔެކިޔުން (ސިޓީ/ފެކްސް) ބަލައިގަނެ، އީ-ގަވަރމަންޓް ނިޒާމްގެ ތެރެއިން ކަމާބެހޭ ވެރިޔަކަށް ފޮނުވުން.
  • އީ-ގަވަރމަންޓް ނިޒާމު ހިންގުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް ދިނުން.
  • އޮފީހުގެ ޑިސްޕެޗް ކުރެވޭ ސިޓީތަކުގެ ރިކޯޑު ބެލެހެއްޓުން.
  • ސެކްޝަނަށް އަންނަ ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  • އޮފީހުގެ ސްޓޮކް ބެލެހެއްޓުން.
  • އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ ޖާގައާއި، ގޮނޑި، މޭޒު އަދި ކޮމްޕިއުޓަރާއި ޓެލެފޯން ކަމާބެހޭ ސެކްޝަންތައް މެދުވެރިކޮށް ހޯދުން.
  • އޮފީހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި، ލިޔެ ބެލެހެއްޓުން.
  • ވަކި ސެކްޝަނަކާއި ހަވާލުކުރެވިފައިނެތް އިދާރީ އެންމެހައި ކަންތައްތައް ކުރުމާއި، ބެލެހެއްޓުން.
  • ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

  • ސުންގަޑި: 26 މާރިޗު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު: މާރިޗު - އެޕްރީލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީންނާއި މިއޮތޯރިޓީގެ(http://www.surveyofmaldives.gov.mv ) ވެބްސައިޓުންނެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް (މުއްދަތު އެނގޭ ގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015