މަސައްކަތް
ނަންބަރު: (IUL)340/340/2023/51
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 23 ނޮވެންބަރު 2023 11:30
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި ކައުންސިލްގެ ޕިކަޕުތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2023 ނޮވެންބަރު 12 އިން 2023 ނޮވެންބަރު 21 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2023 ނޮވެންބަރު 21 ވަނަ ދުވަހުގެ 10:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2023 ނޮވެންބަރު 21 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2023 ނޮވެންބަރު 23 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ.

12 ނޮވެންބަރު 2023