ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-ATSS/225/2023/64
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 19 ނޮވެންބަރު 2023 12:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްވެރިންގެ ދުވަސް 2023" އަތޮޅު ފެންވަރުގައި ފާހަގަކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

        މި ކައުންސިލުން ސިލްސިލާކޮށް އަތޮޅު ފެންވަރުގައި ފާހަގަކުރަމުންގެންދާ މަސްވެރިންގެ ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައިއެވެ. މި އަހަރުވެސް އެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ  މިއަތޮޅުގެ ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި އަދި ކުލަބު ޖަމްޢިއްޔާތަކުން އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ.

        ވީމާ، މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރަން ބޭނުންވާ ރަށްރަށުން، އެކަމަށްއެދި ހުށަހަޅާ ޕްރޮޕޯސަލް ފޯމް ފުރިހަމަ ކުރުމަށްފަހު، 2023 ނޮވެންބަރު 19 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]   މެދުވެރިކޮށް  ނުވަތަ މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ހޯސްޓްކުރާނެ ރަށްތައް ކަނޑައަޅާނީ ޕްރޮޕޯސަލް ފޯރމުގައި ކަނޑައަޅާފައިވާ ބައިތަކަށް ލިބޭ މާކްސްއަށް ބަލައި އިވަލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ނޮވެންބަރު 2023