މަސައްކަތް
ނަންބަރު: (IUL)421/421/2023/54
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 20 ނޮވެންބަރު 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސާރީ މިސްކިތު ސަހަރާ ސާފުކުރުން

އިޢުލާން

ނަންބަރ:

 (IUL)421/421/2023/54

ތާރީޚް

‏ 28 ރަބީޢުލްއާޚިރާ 1445

 12 ނޮވެމްބަރ 2023

 

ސަހަރާ ސާފުކުރުން

މިރަށު އާސާރީ މިސްކިތު ސަރަހައްދުގައި މީހުންވަޅުލާފައިވާ ގަބުރުސްތާން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެމްބަރ 2023  ވާ ހޯމަ ދުވަހުގެ 14:00 އަށް ބޭނުންވާ ލިޔެކިޔުންތަކާއެކު މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަދި ދަންނަވަމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ް ކުރަންޖެހޭ މަސައްކަތްތައް:

  1. ސަހަރާގެ އިރުމަތީ ފަރާތު ފާރުން ފެށިގެން 10 ފޫޓު ފުޅާމިން ހުންނަވަރަށް ބިމާހަޔަށް ސާފުކުރުން
  2. ސަހަރާގެ އެތެރެ އެއްކޮށް ވިނަނޮޅާ ރީތިކޮށް ބިމާހަޔަށް ސާފުކުރުން ( މަހާނަތަކަށް ގެއްލުންނުވާގޮތަށް )
  3. ސަހަރާގެ އެެތެރޭގައި ތިބި ބޭކާރު ހުރިހާ ގާތަކެއްނަގާ އުކާލުން
  4. ސާފުކުރާ ކުނިތަކާއި ގާތައް ކައުންސިލުން ދައްކާ ތަނަކަށްް އުކުން

 

މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:

  1. މީގެކުރިން މިފަދަ މަސައްކަތްތައް ރަގަޅު ފެންވަރެއްގައި ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުން.
  2. މަސައްކަތް އަވަހަށް ނިންމާނެ ފަރާތްތަކަށް ފުރުސަތު ދިނުން

 

ހުށަހަޅަންޖެހޭ ތަކެތި:

  1. މަސައްކަތަށް ބޭނުންވާ އަންދާސީ ހިސާބް
  2. ކުންފުނި / ފަރުދުންގެ ވިޔަފާރީގެ މުއްދަތު ހަމަނުވާ ކޮޕީ
  3. ވެރިފަރާތުގެ މުއްދަތު ހަމަނުވާ އަޑީކާޑް ކޮޕީ

 

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މިއިދާރާގެ ފޯނުނަންބަރ:6840005 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެވެ.                                                       

 

 

 

 

 

 

 

 

 

 

 

 

 

                                                          ހާޝިރު މުޙައްމަދު    

                                                       ކައުންސިލްގެ ނާއިބް ރައީސް

12 ނޮވެންބަރު 2023