ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2023/49
ޕަބްލިޝްކުރި ތާރީޚް: 11 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 16 ނޮވެންބަރު 2023 12:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ބޭސިކް ސްޓެޓިސްޓިކްސް ޓްރެއިނިންގ ކޯސް ހިންގައިދޭނެ ލެކްޗަރަރއެއް ހޯދުން

ބޭސިކް ސްޓެޓިސްޓިކްސް ޓްރެއިނިންގ ކޯސް ހިންގައިދޭނެ ލެކްޗަރަރއެއް ހޯދުން

         ސުރުހީގައި ދެންނެވިފައިވާ ޓްރެއިނިންގ ކޯހަކީ 3 – 7 ޑިސެމްބަރ 2023ގައި މިބިއުރޯގެ ފަރާތުން ސީ.އެސް.ޓީ.އައިގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިތަމްރީނު ޕްރޮގްރާމަކީ އެކި އިދާރާތަކުގެ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކުގެ ފަންނީ ފެންވަރު އިތުރަށް ތަރައްގީކުރުމަށް ޙާއްސަކުރެވިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިކޯހުގައި ދެވިފައިވާ ޕްރޮގްރާމްގައި ހިމެނޭ ހުރިހާ ބައެއް ކިޔަވާދެވޭނޭ ލެކްޗަރަރއެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ލެކްޗަރަރ - ސްޓެޓިސްޓިކްސް

ބޭނުންވާ އަދަދު:

1 (އެކެެއް)

ބޭނުންވާ މުއްދަތު:

3 – 7 ޑިސެމްބަރ 2023 (ދުވާލަކު 5 ގަޑިއިރުގެ ސެޝަންއެއް ނަގައިދިނުމަށް)

އުޖޫރަ:

ނަންގަވާ ކޮންމެ ގަޑިއިރަކަށް -/500 ރުފިޔާ  

މަސައްކަތް ކުރާނެ ތަން:

 މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

ޝަރުތު:

ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، މެތެމެޓިކްސް ނުވަތަ ގުޅޭ ދާއިރާއަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ވޭތުވެދިޔަ އަހަރު ތަކުގައި  މިދާއިރާއިން ކިޔަވާދެއްވާފައިވާ ފަރާތްތަކަށާއި، އަދި އިއުލާނުގައި ފާހަގަކޮށްފައިވާ މުއްދަތުގައި  ސެޝަންތައް ނަންގަވައިދެއްވޭނެ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.)

މަސްއޫލިއްޔަތުތައް:

މިބިއުރޯގް އިރުޝާދުގެ ދަށުން މިކޯސް ނަގައިދިނުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ  ޕްރެޒެންޓޭޝަން، ޓިއުޓޯރިއަލްސް، އެސެސްމަންޓްތަށް އަދި އެހެނިހެން ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުން.

އެޕްލިކޭޝަން ތާރީޙް:

 16 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިބިއުރޯގެ އީމެއިލް   ([email protected]) އަށް އީމެއިލް ކުރެއްވުންއެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  3. ލިބިފައިވާ ތަޢުލީމާ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

 ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް   މިބިއުރޯއިން އެދުމުން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެޓެސްޓް   ތައްގަނޑު ޖެހިފައިވާ) ނުވަތަ ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

 - މިމަސައްކަތާއިބެހޭ ޓީ.އޯ.އާރ އެޓޭޗްކުރެވިފައިވާނެއެވެ.

 - މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3008408 / 3008488 ނަންބަރު ފޯނަށެވެ.

 

 

 

11 ނޮވެންބަރު 2023