ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން، ނ. ކެނދިކުޅުދޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނޭޗަރ ބޭސްޑް ރެކްރިއޭޝަނަލް ފެސިލިޓީސް ޤާއިމްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ތަކެތި ގަނެ މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ މިކައުންސިލުން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިތަކެތި ގަނެ ފޯރުކޮށްދެވޭނެ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކޮށް، 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހު 13:00 ގައި މިކައުންސިލަށް ވަޑައިގެންދެއްވާ ބީލަންހުށަހެޅުމަށް ދަންނަވަމެވެ. މި ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 26 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުގެ 11:00 މިކައުންސިލުގެ މީޓިން ރޫމްގައެވެ. މި މަޢުލޫމާތު ސެޝަންގައި ބައިވެރި ނުވިކަމުގައި ވީނަމަވެސް ބިޑް ހުށަހެޅޭނެއެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/zG90sf1VqC
ރަޖިސްޓްރޭޝަން މުއްދަތު: (12 ނޮވެންބަރު 2023، 8:00 އިން 20 ނޮވެންބަރު 2023، 14:00)
މަޢުލޫމާތު ސެޝަން: (26 ނޮވެންބަރު 2023، 11:00)
ބިޑް އޯޕެނިން: (25 ޑިސެންބަރު 2023، 13:00)
މިބީލަމާއި ގުޅޭ އެންމެހާ މަޢުލުމާތުތައް ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ހުށައަޅަންޖެހޭ އެންމެހާ ފޯމްތަކާއި ލިޔެކިޔުންތައް މިއިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހު 13:00 ގައި މިކައުންސިލަށް ވަޑައިގެންދެއްވާ ބީލަންހުށަހެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
09 ނޮވެމްބަރު 2023
25 ރަބީޢުލްއާޚިރު 1445