ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)279/SMS/2023/39
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 10 ޑިސެންބަރު 2023 00:00
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.މަރޮށީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުން.

އިޢުލާން

 

ށ.މަރޮށީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުން

           

          ށ.މަރޮށީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ  2000 އަކަފޫޓްގެ 35 ގޯއްޗެވެ.

           ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމުގައި އަމަލުކުރާނެގޮތުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

           ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ނޮވެމްބަރ 09 އިން 2023 ޑިސެމްބަރ 10 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6540054 ނަންބަރަށް ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ނޮވެންބަރު 2023