ތަމްރީނު
ނަންބަރު: (IUL)265/265/2023/49
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 16 ނޮވެންބަރު 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތާގުޅޭ

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ 'ގައުމަށްޓަކާ' ސީ.އެސް.އާރ ކެމްޕެއިންގެ ދަށުން މިކައުންސިލަށް ވަނީ 3 ސްކޮލާރޝިޕްއެއް ގެ ޖާގަ ލިބިފައެވެ. މިސްކޮލާރޝިޕްގެ ދަށުން މި ވަގުތު ޑިގްރީއަށް ޝަރުތު ފުރި ހަމަނުވާ ދަރިވަރުންނަށް އެއްވެސް ކޯސްފީއަކާއި ނުލާ ރަށުގައި ހުރެގެން އޮންލައިން ކޮށް ފައުނޑޭޝަން ޕްރޮގްރާމެއް ފުރި ހަމަކު ރުމަށްފަހު، ފްރީޑިގްރީ ސްކީމް ގެ ދަށުން އިތުރު ކޯސްފީއަކާ ނުލާ ބެޗެލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ކައުންސިލަށް ލިބިފައިވާ 3 ޖާގަ ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން 3 ފަރާތަކަށް ދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ނޮވެންބަރު 2023  ވާ ބުރާސްފަތި ދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން މިދަންނަވާ ލިޔުންތަކާ އެކު ހުށަހެޅުއްވުން އެދެމެވެ.

1)      ސްކޮލަރޝިޕް އެޕްލިކޭޝަން ފޯރމް

2)      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް

3)      ސްކޫލް ލީވިންގ ސެޓްފިކެޓް

4)      ތަޢްލީމީގޮތުން ޙާޞިލްކޮށްފައިވާ އެންމެ މަތީ ސަނަދުގެ ކޮޕީއެއް

5)      ދާއިރާއާ ގުޅޭގޮތުން ހޯދާފައިވާ ސަނަދުތައް

މި އިޢުލާނާއިއެކު ސްކޮލަރޝިޕްގެ އުސޫލާއި، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމް އަދި ސްކޮލަރޝިޕްގެ ޝަރުޠުތައް އާންމު ކުރީމެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

09 ނޮވެންބަރު 2023