ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2023/87
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 16 ނޮވެންބަރު 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުން ހޯދުން

 މިކައުންސިލުން ދޫކުރަމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ދެމުންދާ އެގުޒަމިނަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެގްޒަމިނަރުގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އިމްތިހާނު ކުރިއަށްދާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ ޢަދަދު :01  (އެކެއް)

 

ޝަރުތު:

  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް  ކެޓަގަރީތަކުގެ ތެރެއިން ދަށްވެގެން (A,B,C.D.G) އޮތް މީހަކު ކަމުގައިވުން.
  • ކޯސްޓަލް ނެވިގޭޝަން ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
  • ފާއިތުވި ތިންއަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައިވާ އަދި ޖިނާޢީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.

އުޖޫރަ:  ޓެސްޓް ކުރާ ކޮންމެ ކެޓެގަރީގެ އުޅަނދަކަށް -/35 ރުފިޔާގެ ރޭޓުން ފައިސާލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާސިޓީ
  2. އައިޑީކާޑްގެ ކޮޕީ
  3. ލައިސަންސް ފޮތުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ސިޓީއަކާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 2023 ނޮވެމްބަރ 16 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އެގްޒެމިނަރުން ހޮވުމުގައި ގިނަ ގިންތީގެ އުޅަނދުފަހަރު އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

09 ނޮވެންބަރު 2023