ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/47 |
ތާރީޚް |
25 ރަބީޢުލްއާޚިރާ 1445 |
|
09 ނޮވެމްބަރ 2023 |
އާރު،ޓީ،އެލް ފެރީސަރަޙައްދު ވަކިކުރުމާއި ބޯޑު ހަރުކުރުން
މިއިދާރާއިންދޭ މަޢުލޫމާތާއި ،ކުރެހުމާއި އެއްގޮތަށް މިރަށު ބަނދަރުގެ އާރު،ޓީ،އެލް ފެރީ ގާތްކުރާ ސަރަހައްދު ވަކިކޮށް ބޯޑު ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ،މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގައި [email protected] އަށް އީމެއިލްކޮށް ނުވަތަ 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބަޔާންކޮށްފައިވާ ގަޑިއަށް އަންދާސީ ހިސާބް ހުށަހެޅުއްވުންއެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި، ކުންފުނި/އަމިއްލަ ފަރުދުންގެ ވިޔަފާރީގެނަން،މަސްޢޫލުވާފަރާތް،ގުޅޭނެ ފޯނުނަންބަރު،އަދި އީމެއިލް އެޑްރެސް ހުށަހަޅަންވާނެވެ.މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާހާއި،ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
2023/11/19 |
އާދީއްތަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
2023/11/22 |
ބުދަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް