ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)421/421/2023/46
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 14 ނޮވެންބަރު 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ އިން ގޯތި ބޭނުންވާ ފަރާތްތަށް ދެނެގަތުމަށް ސަރވޭ ކުރުމާބެހޭ:

                                    

އިޢުލާން

ނަންބަރ:

 (IUL)421/421/2023/46

ތާރީޚް

‏ 25 ރަބީޢުލްއާޚިރާ 1445

 08  ނޮވެމްބަރ 2023

 

 

ގދ.ވާދޫ އިން ގޯތި ބޭނުންވާ ފަރާތްތަށް ދެނެގަތުމަށް ސަރވޭ ކުރުމާބެހޭ:

މިހާރަކަށް އައިސް ގިނަ އަދަދެއްގެ މީހުން ގޯތި ބޭނުންވެގެން މިއިދާރާއަށް އަންނަމުންދާތީ އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ރަށުން ގޯތި ބޭނުންވާ ފަރާތްތައް ދެނެގަނެވޭނެ ސަރވޭ އެއް ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން ގޯއްޗަށްް އެދޭ ފަރާތްތަކުން މި އިޢުލާނާ އެކު އެއްކަރުދާސްކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ އަކާއެކު އަންނަ ޑިސެމްބަރ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ.

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 

 

                                                         ހާޝިރު މުޙައްމަދު

                                                      ކައުންސިލްގެ ނާއިބް ރައީސް

09 ނޮވެންބަރު 2023