މަސައްކަތް
ނަންބަރު: (IUL)221-AF/221/2015/17
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 19 މާރިޗު 2015 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
'ކުއިކްބުކްސް ޕްރޯ 2014' ހޯދުން

ކައުންސިލްތަކުގައި ބޭނުންކުރުމަށް "ކުއިކްބުކްސް ޕްރޯ 2014" ހޯދުން

ކައުންސިލްތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން މިއޮތޯރިޓީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކައުންސިލްތަކުގައި ބޭނުންކުރުމަށް ލޯކަލް ކައުންސިލްސް އެސެޓްސް އެންޑް ފައިނޭންޝަލް މެނޭޖްމަންޓް ސޮފްޓްވެއަރ (ކުއިކްބުކްސް ޕްރޯ 2014) އިންސްޓޯލްކޮށް ބޭނުންކުރާނެގޮތުގެ ތަމްރީނު ކައުންސިލްތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015