ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2023/122
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 14 ނޮވެންބަރު 2023 12:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ އަދާކުރުން ފިޔަވައި އެހެނިހެން ގޮތްގޮތުން ޢާއްމުދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންގެ ދަފްތަރެއް އެކުލަވައިލުމާއި ގުޅޭ

މިރަށުގައި ވަޒީފާ އަދާކުރުން ފިޔަވައި އެހެނިހެން ގޮތްގޮތުން ޢާމްދަނީ ހޯދާ އަންހެނުންގެ ދަފްތަރެއް އެކުލަވައިލަން ބޭނުންވެއެވެ. ވީމާ، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން ކައުންސިލްގެ ފޯން ނަންބަރ: 4005080 އަށް ގުޅުއްވާ 14 ނޮވެމްބަރ 2023 ގެ  12:00 ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.

 

ނަންނޯޓު ކުރުމުގައި ބޭނުންވާނެ މަޢުލޫމާތުތައް ތިރީގައި ހިމެނިފައިވާނެއެވެ.

  1. މަސައްކަތް ކުރާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް.
  2. އައިޑީ ކާޑް ނަންބަރ.
  3. ވައިބަރ ނަންބަރ.
  4. ކުރާ މަސައްކަތުގެ ތަފްޞީލް.

                                

               ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

09 ނޮވެންބަރު 2023