ދިވެހިރާއްޖެ
"ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ ތ.ދިޔަމިގިލީ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ. ރައްޔިތުންގެމެދުގައި އެކުވެރިކަން އާލާކުރުމާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
ވީމާ، މި މުބާރާތްތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2023 ނޮވެމްބަރ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި އިޢުލާންގެ ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދަންވަމެވެ. މި ފޯމާއިއެކު މުބާރާތުގައި ރަޖިސްޓްރީވުމަށް ކޮންމެ ޓީމް އަކުންވެސް -/1000 (އެއްހާސް ރުފިޔާގެ) ފީއެއް ދެއްކެވުން އެދެމެވެ. ފީ ދެއްކެވުމަށް ތިރީގައިވާ އެކައުންޓަށް ފީ ޓްރާންސްފަރ ކުރެއްވުމަށް ފަހު މި އިދާރާގެ ވައިބަރ 9176574 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި ރިމާކްސްގައި ޓީމްގެ ނަން ޖެއްސެވުން އެދެމެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ 2023 ޑިސެމްބަރ މަސްތެރޭގައެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި އެންމެ މަދުވެގެން 4 (ހަތަރެއް) ޓީމް ބައިވެރި ވާނަމައެވެ.
ފައިސާ ޓްރާންސްފަރ ކުރެއްވުމަށް
އ/ކ ނަންބަރ: 7725700487001
އ/ކ ނަން: 1435 Revenue 1
މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އަދި ޤަވައިދު ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވޭނެއެވެ.
ލިންކް: https://tinyurl.com/DCFC2023
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.