ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)335-AS/335/2023/120 ( 11 އޮކްޓޯބަރ 2023 ) ކައުންސިލަށް ފައިބަރު ދޯންޏެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 3 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ ބިޑް ކޮމެޓީ 2023 ވަނަ އަހަރުގެ 16 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
ފިކްސް އިން މެރިން އިންވެސްޓްމަންޓް |
ލިބުނު ޕޮއިންޓް |
80.00 ޕޮއިންޓް |
2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
ކުންފުނީގެ ނަން:- |
ކޮންބިޒް ޕްރައިވެޓް ލިމިޓެޑް |
ލިބުނު ޕޮއިންޓް: |
24.77 |
ކުންފުނީގެ ނަން:- |
ޖެޓް ޓެކް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް |
ލިބުނު ޕޮއިންޓް: |
29.74 |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 20 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީ.މެއިލް :[email protected] ފޯން ނަންބަރު :- 6642024