ދިވެހިރާއްޖެ
200 ގެ އެކްސްކަވޭޓަރެއް މަރާމާތުކުރުން:
މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރަމުންގެންދިޔަ 200 ގެ އެކްސްކަވޭޓަރެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/211)ފ(27 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، 200 ގެ އެކްސްކަވޭޓަރ މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
18 މާރިޗު 2015 |
މާލޭ ސިޓީ ހޯލް |
ބުދަ |
11:30 |
އަގު ހުށަހެޅުއްވުމަށް |
26 މާރިޗު 2015 |
މާލޭ ސިޓީ ހޯލް |
ބުރާސްފަތި |
14:00 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
18 ޖުމާދަލްއޫލާ 1436