މަސައްކަތް
ނަންބަރު: L6MC-D/2015/03
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި:
19 މާރިޗު 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާޚާނާ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދަން
މިކޯޓުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާގައި ޖަހައިފައިވާ ތަށިމުށިތަކާއި ފިޓިންގސްތައް ނަގައި ފާޚާނާ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް، މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
18 ޖުމާދަލްއޫލާ 1436
09 މާރިޗު 2015