ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2023" އަށް ފުރުޞަތު ހުޅުވާލުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދިނުމަށް އެކްސްޓަރނަލް ޓްރޭނަރުންގެ ޕޫލެއް އެކުލަވާލުމަށް މިކޮމިޝަނުން މީގެކުރިން ކޮށްފައިވާ އިއުލާނަށް ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކުގެ ތެރެއިން ބައެއް ދާއިރާތަކަށް ކުރިމަތިލާފައިވާ ފަރާތްތައް މަދުކަމުން އިތުރު ފުރުޞަތަކަށް ހުޅުވާލަމެވެ. ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2022 އަދި 2023 ގައި ރަޖިސްޓްރީވެފައިވާ ބޭފުޅުންގެ ތެރެއިން ތިރީގައިވާ ދާއިރާތަކުން ރަޖިސްޓްރީ ވުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުން ފުދޭނެ ވާހަކަ ދެންނެވީމެވެ. |
|
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް: |
1- ޕަބްލިކް ޕޮލިސީ 2- ސައިކޮލޮޖީ 3- ދިވެހި ބަސް 4- ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް 5- ފައިނޭންސް މެނޭޖްމަންޓް 6- އިންޓަރނަލް އޮޑިޓް 7- ގަވަރނަންސް 8- ސައިބަރ ސެކިއުރިޓީ 9- އޮޓޯކެޑް 10- ގްރެފިކް ޑިޒައިނިންގ 11- ހޮސްޕިޓަލިޓީ މެނޭޖްމަންޓް 12- ސްޓެޓިސްޓިކްސް އެންޑް ޑާޓާ އެނަލިސިސް 13- ހެލްތް ސަރވިސް މެނޭޖްމަންޓް 14- ފަސްޓް އެއިޑް 15- އޮކިޔުޕޭޝަނަލް ހެލްތު 16- ޑާޓާ އެނަލިސިސް
|
ޝަރުތު: |
ޚިޔާރު ކުރައްވާ ދާއިރާއަކުން ދަށްވެގެން ބެޗެލާރސް ޑިގުރީ ނުވަތަ ދާއިރާއިން ސަރޓިފައިޑް ލައިސަންސްއެއް ޙާޞިލްކޮށްފައިވުމާއެކު ކިޔަވައިދިނުން/ޓްރޭނިންގ ދިނުމުގެ ތަޖްރިބާ ލިބިފައިވުން |
މަސްޢޫލިއްޔަތު: |
1- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ޓްރެއިނިންގތައް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން 2- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ތާރީޚެއް/ތާރީޚުތަކެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުން |
އުޖޫރަ: |
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރެއިނިންގް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާނީ ގަޑިއިރަކަށް 200 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ. |
ޓްރޭނަރސް ހޮވުމުގައި ބެލެވޭނެ މައިގަނޑު ބައިތައް: |
- ލިބިފައިވާ ތަޢުލީމް - ކިޔަވައިދިނުމުގެ ތަޖްރިބާ އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެއަތޮޅެއްގެ ނުވަތަ އެއަތޮޅާއި ކައިރި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
- ފުރިހަމަ ކޮށްފައިވާ ފޯމް - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު - ތަޢުލީމީ ސެޓްފިކެޓްތަކުގެއާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް ކޮޕީސް - ލިބިފައިވާ ޓްރޭނިންގ ހިންގުމުގެ ނުވަތަ ކިޔަވައިދިނުމުގެ ތަޖްރިބާގެ ލިޔުންތައް |
ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |