ދިވެހިރާއްޖެ
އިޢުލާން
"އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނި" މިނިވަން ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މިނިވަން ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" )ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފާރާތެއްކަމުގައި ވާންވާނެއެވެ.
ތިރީގައި އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ގަވާއިދު "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 13 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ13:00 ގެ ކުރިން ކައުންސިލް ބިއުރޯ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 03 ވަނަ ފަންގިފިލާ، ނުވަތަ [email protected] އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.
- މި ފޯމު ކައުންސިލްގެ އިދާރާގެ ވެބްސައިޓް https://www.adducity.gov.mv އިން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
"އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނި" މިނިވަން ޑިރެކްޓަރުގެ ޝަރުތުތައް
|
|
މިނިވަން ޑިރެކްޓަރު |
|
ޝަރުތުތައް |
(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން (ށ) ބުއްދި ސަލާމަތުން ހުރުން (ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. (ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. (ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. (ޅ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. (އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. (ވ) ވޭތުވެދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން. (މ) ވޭތުވެދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން. (ފ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން. |
28 ރަބީޢުލް އާޚިރު 1444
08 ނޮވެމްބަރ 2023