ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2023/155
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:53
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ސާރވޭކުރަން ފެށުމާއި ގުޅޭ

 

                   

އިޢުލާން

 ކަނޑުއުޅަނދު ސާރވޭކޮށްދިނުމުގެ ޚިދުމަތް މިއަދުން ފެށިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ކޮންމެ ރަސްމީ ދުވަހެއް ހެނދުނު 8:00 ކުން މެންދުރު 14:00 ހަމައަށް ފޯމް ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވެމެވެ. އަދި ސަރވޭއަށް އެދޭ ފޯމް ‘’MS-1  ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ތިރީގައި މިދަންނަވާ ތަކެތި ހުށައަޅަންވާނެއެވެ.

 *އުޅަނދުގެ އަހަރީފީ ދެއްކިކަމުގެ ސްލިޕް

* އުޅަނދުގެ ރަޖިސްޓްރީ ކޮޕީ

* އުޅަނދަށް ދޫކޮށްފައިވާ ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސްގެ ކޮޕީ

*އުޅަނދަކީ ކުރިން ސަރވޭކޮށް ސެޓްފިކެޓް ހަދާދީފައިވާ އުޅަނދެއްނަމަ ކުރިން ހަދާދީފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

ސަރވޭކުރުމަށްޓަކައި އުޅަނދަކަށް އެޑްމިނިސްޓްރޭޓް ފީގެ ގޮތުގައި ސަރވޭ ކުރަން އުޅަނދަށް އަރާ ކޮންމެ ފަހަރަކަށް -/150 (ސަތޭކަ ފަންސާސް ) ރުފިޔާ އާއި  އުޅަނދުތަކުގެ ސަލާމަތީ ސެޓްފިކެޓްގެ ފީއަކީ ކޮންމެ ސެޓްފިކެޓަކަށް -/250 ރުފިޔާ އާއި -/1500 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި  މުއްދަތު ހަމަވާފަހުން ހުށަހަޅާ ފޯމް -/1000 ރުފިޔާގެ ޖޫރިމަނާ ނެގޭނެއެވެ.

            ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            24 ރަބީޢުލްއާޚިރު    1445

              08 ނޮވެމްބަރ     2023  

08 ނޮވެންބަރު 2023