މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/58
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 15 މާރިޗު 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް

29 މާރިޗު 2015 ން 31 މާރިޗު 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ " އިންފުލުއެންޒާ ސަވައިލަންސް ވާރކްޝޮޕް " ގައި ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/42)ފ(24 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް 29 މާރިޗު 2015 ން 31 މާރިޗު 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ " އިންފުލުއެންޒާ ސަވައިލަންސް ވާރކްޝޮޕް " ގައި ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޖުމާދަލްއޫލާ 1436       

10 މާރިޗު 2015