މަސައްކަތް
ނަންބަރު: (IUL)459-A/1/2015/19
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 19 މާރިޗު 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނޭ ފަރާތެއް ހޯދުމަށް

"ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ކުރި އިޢުލާން ނަންބަރު IUL) 459-A/459/2015/7) ބާޠިލުކޮށް، މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުންް"

ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނެ ފަރާތެއް ހޯދުމަށް 04 ފެބުރުވަރީ 2015ގައި ކުރި އިޢުލާން ނަންބަރު: IUL)459-A/459/2015/7) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015