ބީލަން
ނަންބަރު: (IUL)415/415/2023/145
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 23 ނޮވެންބަރު 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީއަށް ބޭނުންވާ ބޮޑު ދިދަ ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތިނަދޫ ސިޓީއަށް ބޭނުންވާ ބޮޑު ދިދަ ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

              ތިނަދޫ ސިޓީ ގެ މާވަށް ދިހަރޭ މައިޒާން ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މި ސިޓީ އަށް ބޮޑު ދިދަ ދަނޑިއެއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

07 ނޮވެމްބަރ 2023- 16 ނޮވެމްބަރ 2023

 

 

ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް

ބީލަން ހުށަހެޅުން

23 ނޮވެމްބަރ 2023

ބުރާސްފަތި

13:00

ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

07 ނޮވެންބަރު 2023