މަސައްކަތް
ނަންބަރު: (IUL)167-CC/PR/1/2015/ 23
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 16 މާރިޗު 2015 10:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ

އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ:

މި ސަރވިސްއަށް އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:- IUL)167-CC/PR/1/2015/16) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސްގެ މާފުށީޖަލުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން 1300 މީޓަރު ދިގުމިން (3 ފޫޓު ފުޅާ، 4 ފޫޓު ފުންކޮށް) ބިންގަނޑު ކޮނުމަށާއި އެ ސަރަޙައްދުގައި ހުރި ކޮންކްރީޓް ބްލޮކްތައް (އެއްޓަނުގެ) މިސަރވިސްއިން ދައްކާ ތަނެއްގައި ބަހައްޓައިދިނުމަށާއި، އަދި، މި ސަރވިސްއިން ދައްކާ 03 އިމާރާތެއް ބިމާހަމަކޮށް ބިންގަނޑު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

16 މާރިޗު 2015

އާދީއްތަ

10:00

އަންދާސީހިސާބު ހުށަހެޅުއްވުން

19 މާރިޗު 2015

ބުރާސްފަތި

10:00

 

 

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015