ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
(IUL) 182-REG/23/2023/20 ނަންބަރ
އެލާރޓް
2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭ ކަމަށް، WHO އިން ކުރައްވާފައިވާ އެލާޓްތަކާއި ގުޅިގެން ދިވެހިރާއްޖެއިން ވެސް ރެންޑަމް ކޮށް މާރކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިވަގުތު މިކެމިކަލް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ކޮންފަރމޭޓްރީ ޓެސްޓް ދިވެހި ރާއްޖޭގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިނުވާތީ، މިގޮތަށް ސްކްރީންކޮށް މިކެމިކަލް މާއްދާ DEG/EG ހުރިކަން ފާހަގަ ކުރެވޭ ސާމްޕަލްތައް ރާއްޖޭން ބޭރުގެ ލެބޯރެޓަރީއަކުން ޓެސްޓް ހެދުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާރކެޓުން ނަގާ ސްކްރީން ކުރިއިރު ތިރީގައި މިދަންނަވާ ބްރޭންޑުގެ މިބެޗުގައި DEG/EG ހުރިކަންވަނީ ކަށަވަރުވެފައެވެ.
ވީމާ، މިއޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މިފާހަގަކުރެވުނު ބްރޭންޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީވެ، މިޓެސްޓްގެ ނަތީޖާ ލިބި، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑް އެތެރެކުރުމަށާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ.
Batch Number | Manufacturer/country of Origin | Brand/Dosageform/Strength | Generic Name |
# |
B220 | Pharmix Laboratorie, Pakistan | Alergo Oral Liquid 5mg/5ml | Cetirizine | 1 |
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.