ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
(IUL) 182-REG/23/2023/19 :ނަންބަރ
އިޢުލާން
ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާބޭސް، ރާއްޖެ އެތެރެ ކުރުމާއި ގުޅޭ ގޮތުން 2023 ޖޫން 31 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނާއި ގުޅޭ
2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ EG/DEG ހިމެނޭ ކަމަށް، WHO އިން ކުރައްވާފައިވާ އެލާޓްތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް މިއޮތޯރިޓީގެ (IUL) 182-REG/23/2023/08 ނަންބަރުން ވާނީ އިޢުލާން ކޮށްފައެވެ.
މިގޮތުން، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭހުގެ ތެރެއިން ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ބޭސް ރާއްޖެ އެތެރެ ކުރުމުގެ ކުރިން، ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ނުހިމެނޭކަމުގެ ތަހުލީލު ރިޕޯޓް ހުށަހަޅަންޖެހެއެވެ. އަދި މިތަހުލީލުތައް ކުރުމަށް މިހާރު ހުއްދަދީފައިވާ ލެބޯރެޓަރީތައް ކަނޑައެޅުމުގައި މިއޮތޯރިޓިން މިހާރު އަމަލުކުރަމުންދާ އުސޫލު، އިތުރު ލުއި ފަސޭހަތަކެއް ދިނުމުގެ ގޮތުން، އިތުރަށް މުރާޖާ ކުރުމަށްފަހު، ގެންނަންޖެހޭ ބައެއް ބަދަލުތައް އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.
- 1.1 ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ޕްރީކޮލިފައިޑް ލެބޯރެޓަރީއެއް ކަމުގައިވުން. ނުވަތަ
1.2 މިއޮތޯރިޓީގެ ރިފަރެންސް ކަންޓްރީ ކެޓެގަރީ 1 ގައި ހިމެނޭ ޤައުމެއްގެ އެކްރެޑިޓެޑް ލެބޯރެޓަރީއެއް ކަމުގައިވުން. ނުވަތަ
1.3 ISO 17025 ސްޓޭންޑަރޑް އެކްރެޑިޓެޑް ލެބޯރެޓަރީއެއް ކަމުގައިވުން.
2. ތަހުލީލުކުރާ ލެބޯރެޓަރީއަކީ ބޭސް އުފައްދާ ކުންފުނީގެ ލެބޯރެޓަރީއެއް ކަމުގައި ނުވުން.
މީގެ އިތުރުން، މި އިއުލާނުގެ 1.3 ގައި ފާހަގަކޮށްފައިވާ ISO 17025 އެކްރެޑިޓެޑް ލެބޯރެޓަރީއަކުން ތަހުލީލުކޮށްފައިވާ ނަމަ، މިބޭސްތައް ހާއްސަ ހުއްދައެއްގެ ދަށުން ދޫކުރުމަށްފަހު، މިއޮތޯރިޓީގެ ފަރާތުން ސާމްޕަލް ނަގާ އިތުރަށް ތަހުލީލު ކުރުމަށްފަހު، ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭކަން ކަށަވަރުކޮށް، ބޭސް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަދޭނެއެވެ.
އަދި ދަންނަވަމެވެ. މިއިއުލާނުގައި ބަޔާންކޮށްފައިވާ ކޮންމެ ލެބޯރެޓަރީއަކުން ތަހުލީލުކުރި ނަމަވެސް، ތަހުލީލު ކުރުމަށް ބޭނުން ކުރި ރިފަރެންސް ސްޓޭންޑާރޑް ޓެސްޓް މެތަޑް އަދި ބޭހާއި ގުޅޭ ހުރިހާ ތަފްސީލެއް (ބޭހުގެ ނަން، ބެޗް ނަމްބަރ، އުފެއްދި ކުންފުނި...) އަދި ޓެސްޓް ރިޒަލްޓް ތަހުލީލު ރިޕޯޓުގައި ހިމަނަންވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.