މަސައްކަތް
ނަންބަރު: GS57/2015/09
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 18 މާރިޗު 2015 11:30
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
2 ކްލާސް ރޫމް އިމާރާތުގައި މެދުން ފާރެއް ރާނައި ދޮރާއި ދޮރުފަތްލައި މުށިޖުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ ކުރީގެ 2 ކްލާސް ރޫމް އިމާރާތުގައި މެދުން ފާރެއް ރާނައި، ދޮރާއި ދޮރުފަތްލާ މުށިޖުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 18 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 11:30 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015