ވަޒީފާގެ ފުރުޞަތު
ނަންބަރު: 480/IUL/2023/45
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 12 ނޮވެންބަރު 2023 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްއަށް ޤާނޫނީ ވަކީލުން ހޯދުން

2023 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްއަށް ޤާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

މަޤާމު / މަސައްކަތް

ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

  • ސީނިއަރ ޤާނޫނީ ވަކީލުން (3)
  • ޖޫނިއަރ ޤާނޫނީ ވަކީލުން (3)
  • ނިއުލީ ކޮލިފައިޑް ޤާނޫނީ ވަކީލުން (2)

މަސައްކަތަށް ހޭދަވާނެ ވަގުތު:

މި ޕެނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 21 އިން 30 އަށެވެ. މި މަސައްކަތަށް ހޭދަވާނެކަމަށް ލަފާކުރެވެނީ ގިނަވަގެން 3 ދުވަހެވެ.

އެހެންކަމުން، މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކަކީ ސްޓެންޑަޑް ޕެނަލްގެ މަސައްކަތަށް ވަގުތު ދެއްވޭނޭ ފަރާތަކަށް ވާންވާނެއެވެ.

އަސާސީ ޝަރުތުތައް:

މި މަސައްކަތަކީ ޓެކްނިކަލް މަސައްކަތަކަށްވާތީ، ޕެނަލްއަށް ކުރިމަތިލައްވާ ފަރާތްތަކުގައި އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ބާ އިމްތިޙާނަކަށް އައިޓަމް ތައްޔާރުކުރެވޭ ގޮތާއި، ލައިސަންސިންގ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅޭ ގޮތުގެ އަސާސީ ޢިލްމު ނުވަތަ މަޢުލޫމާތު ލިބިފައިވާ ފަރާތެއް ކަމުގައިވުން؛
  2. ހިނގަމުންދާ އަހަރުގެ ނުވަތަ އޭގެ ކުރީ އަހަރުގެ ބާ އިމްތިޙާނަށް ތައްޔާރު ކުރެވިފައިވާ އިމްތިޙާނު އައިޓަމްތަކަށް އަހުލުވުރިވެފައިވާ ފަރާތެއް ކަމުގައިވުން؛
  3. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން؛
  4. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  5. ދިވެހި ބަހާއި އިނގިރޭސިބަހަށް ފަރިތަ ފަރާތެއް ކަމުގައިވުން؛
  6. ސީނިއަރ ޤާނޫނީ ވަކީލެއްނަމަ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  7. ޖޫނިއަރ ޤާނޫނީ ވަކީލެއްނަމަ 2 އަހަރާ 5 އަހަރާ ދޭތެރޭގެ މުއްދަތެއްގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
  8. ނިއުލީ ކޮލިފައިޑް ޤާނޫނީ ވަކީލެއްނަމަ، ޤާނޫނީ ވަކީލުކަން ކުރާތާ 2 އަހަރު ނުވާ ފަރާތެއްކަމުގައި ވުން.

މަސްއޫލިއްޔަތުތައް:

  • 2023ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅުމަށް އިމްތިޙާނު ޑިވެލޮޕްކުރާ ފަރާތުން ބާއްވާ ޓްރެއިނިންގ ފުރިހަމަކުރުން
  • 2023 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅުމަށް އިމްތިޙާނު ޑިވެލޮޕްކުރާ ފަރާތުން ކަނޑައަޅާފައިވާ މެތަޑް(ތައް) ބޭނުންކޮށްގެން ޕާސިންގ ސްކޯރ ކަނޑައެޅުމަށް ބޭނުންވާ މަސައްކަތްތައް ކުރުން
  • ޕެނަލްއަށް ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގއާ ގުޅިގެން ޙާވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

މުސާރަ އާއި އެލަވަންސް:

މި ޕެނަލްގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ސްޓެންޑަޑް ސެޓިންގ ޕެނަލްގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް: https://shorturl.at/qBO28

ސުންގަޑި:

12 ނޮވެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 15:00

 
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 
07 ނޮވެންބަރު 2023