ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)13-P/13/2023/322
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:28
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ދިމާވި އެކިއެކި ކަންތައްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ ޙާލަތު އިޢުލާނުކުރެވުނު ފަހުން، އަދި  30 މޭ 2023 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތަކުގެ މުއްދަތު 6 (ހައެއް) މަސްދުވަހާއި ހަމައަށް މުއްދަތު އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މުއްދަތު އިތުރުކުރުމަށް ނިންމަވާފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެއްގައި ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން، އެފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، އިތުރުކުރުމަށް ބޭނުންވާ މުއްދަތު 6 (ހައެއް) މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް، 16 ނޮވެންބަރު 2023 ގެ ނިޔަލަށް އެ ކޮންޓްރެކްޓެއް ހިންގާ އޮފީހަކަށް އެދުމަށް ދަންނަވަމެވެ. އަދި އެ އޮފީހަކާއި ގުޅިގެން ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަދާހަމަކުރުމުގެ މަސައްކަތް ކުރުމަށް ދަންނަވަމެވެ.

07 ނޮވެންބަރު 2023